އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓުން ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 24-05-2023, 21:00


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓުން ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ކުރިއަށް ގެންދިޔަ މި ކުލާހުގައި އެ ސުކޫލުގެ 36 ސްޓަރ ދަރިވަރުން ބައިވެރިވިއެވެ.

މި ފަޔަރ އެވެއަރނަސް ކުލާހުގައި ހޯމް ފަޔަރ ސޭފްޓީ އާއި ގުޅޭގޮތުން ވަނީ ދަރިވަރުންނަށް ވީޑިއޯއެއްދައްކާފައެވެ. އަދި ގައިގާ އަލިފާން ރޯވެއްޖެނަމަ ހަދާނެގޮތް (ސްޓޮޕް، ޑްރޮޕް، ރޯލް) ދަރިވަރުން ލައްވާ ވަނީ ޕްރެކްޓިސް ކުރުވާފައެވެ. މީގެ އިތުރުން އަލިފާން ނިއްވާ މީހުން ހާދިސާތަކުގައި ހަރަކާތްތެރިވާ ގޮތުގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ.

މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓުގެ ސިފައިންނެވެ.