އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނަންޓުން ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 25-05-2023, 18:49


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސް ކޮމްޕޯނަންޓުން ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ ސްޓަރ ދަރިވަރުންނަށް ފަޔަރ ސޭފްޓީ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހަވީރު ޖަލާލުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި އެ ސުކޫލުގެ 12 ސްޓަރ ދަރިވަރުން ބައިވެރިވިއެވެ.

މި ފަޔަރ ސޭފްޓީ ސެޝަނުގައި ފަޔަރ ފައިޓަރުންގެ ޒިންމާތަކާއި ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި، ގައިގާ އަލިފާން ރޯވެއްޖެނަމަ ހަދާނެގޮތް (ސްޓޮޕް، ޑްރޮޕް، ރޯލް) ދަރިވަރުން ލައްވާ ވަނީ ޕްރެކްޓިސް ކުރުވާފައެވެ.

މި ކުލާހުގައި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ މި ދާއިރާއިން ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.