ހދ.މަކުނުދޫ ގެއެއްގައި ރޯވި އަލިފާން ނިއްވުމުގައި އެ ރަށު ރައްޔިތުންނާއެކު ސިފައިން ހަރަކާތްތެރިވެއްޖެ

ތާރީޚް: 25-05-2023, 22:45


ހދ.މަކުނުދޫ، އަލްފާ ގޭގައި ރޯވި އަލިފާން ނިއްވުމުގައި އެ ރަށު ކައުންސިލާއި ރައްޔިތުންނާއެކު އެ ރަށުގައި ޤާއިމްކޮށްފައި ހުންނަ ރާޑަރ ސްޓޭޝަނުގައި މަސައްކަތް ކުރާ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

 މި ހާދިސާގެ މަޢުލޫމާތު މިރޭ 20:31 ހާއިރު ލިބިފައިވާއިރު، އަލިފާން ރޯވެފައިވަނީ އެ ގޭގައި ގުދަނެއްގެ ގޮތުގައި ބޭނުންކުރަމުން އައި ބައެއްގައެވެ. ގުދަނާ އިންވެގެން އެ ގޭގެ ބަދިގެ ހުންނައިރު، މީހުން ދިރިއުޅޭ ބައި ހުންނަނީ ވަކިންނެވެ.

މި ހަދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ނަމަވެސް، ގުދަނަށާއި ބަދިގެއަށް ވަނީ ވަރަށް ބޮޑު ގެއްލުން ލިބިފައެވެ.