ތާރީޚް: 14-07-2023, 18:05
ބަންގްލަދޭޝް ކޯސްޓްގާޑާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ބަންގްލަދޭޝްގައި ފެށި "ވިޒިޓް ބޯޑް، ސަރޗް އެންޑް ސީޒަރ (ވީބީއެސްއެސް) އިންޓަރނޭޝަނަލް ކޯސް" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
ޔޫއެންއޯޑީސީގެ "ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް"ގެ ދަށުން ބަންގްލަދޭޝް އަސްކަރިއްޔާއާ ގުޅިގެން ހިންގާ މި ކޯހުގައި އެމްއެންޑީއެފް ކޯސްްޓްގާޑްގެ ފަސް ސެއިލަރުން ބައިވެރިވާއިރު އޭގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ތިން އަންހެން ސިފައިން ހިމެނެއެވެ. މީގެ އިތުރުން ބަންގްލަދޭޝް ކޯސްޓްގާޑްގެ ފަސް ސެއިލަރުންނާއި އަދި ސްރީލަންކާ ކޯސްޓްގާޑުގެ ހަ ސެއިލަރުން ވަނީ ބައިވެރިވެފައެވެ.
ޖުލައި 10 ވަނަ ދުވަހު ބަނގްލަދޭޝްގައި ފެށި މި ކޯހުގައި، ކަނޑުމަތީގެ ޤާނޫނާއި ޤަވާޢިދުގެ އިތުރުން، ކަނޑުމަތީގެ އޮފަރޭޝަންތައް ހިންގާނެ ގޮތްތަކާއި، ކަނޑުމަތިން އުޅަނދުފަހަރަށް އަރައި ސިފައިން ހަރަކާތްތެރިވާނެ ގޮތްތަކާއި، ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާނެ ގޮތްތައް ދަސްކުރާނެއެވެ.
© mndf 2020 | All rights reserved.