ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 14-07-2023, 19:00


އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ފިރިހެނަކު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
 
އުމުރުން 38 އަހަރުގެ މި މީހާ މާލެ ގެނައީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް ފަރުވާދިނުމަށް، އޭނާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
 
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 15:56 ހާއިރުއެވެ.