ތާރީޚް: 24-07-2023, 08:05
އައްޑޫސިޓީ ހިތަދޫ "ކުޅިބަލާބޭ" ގޭގައި ރޯވި އަލިފާން، ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ފަތިހު 04:10 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ ފަތިހު 05:45 ހާއިރުއެވެ.
މި ހާދިސާގައި އެ ގެއަށް ވަނީ އަލިފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައެވެ. އަދި މި ހާދިސާ ހިނގި ވަގުތު އެ ގޭގައި އުޅުނު ފިރިހެނެއްގެ އަތާއި ފައި ވަނީ ކޮންމެވެސް ވަރަކަށް ފިހިފައެވެ.
© mndf 2020 | All rights reserved.