ތާރީޚް: 26-07-2023, 13:54
ހުޅުމާލޭ ޖަލު ކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.
މި ހާދިސާގެ ރިޕޯޓު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް މިއަދު 12:11 ހާއިރު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އަލިފާން ނިއްވުމަށް ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސަރަހައްދަށް ފަޔަރމަނުން ގޮސް ކުރި މަސައްކަތުން، ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ މިއަދު 12:33 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
© mndf 2020 | All rights reserved.