ހިންމަފުށީގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ

ތާރީޚް: 28-07-2023, 22:11


ކ.ހިންމަފުށީގައި އެހެލާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު މިރޭ 20:20 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ވަނީ އަލިފާން ނިއްވުމަށް ހިއްމަފުއްޓަށް ދަތުރުކޮށްފައެވެ. މިގޮތުން، 21:02 ހާއިރު ހިންމަފުއްޓަށް ގޮސް މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ކުރި މަސައްކަތުން، ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 21:30 ހާއިރެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ހިންމަފުށީ ފުއްޓަރު ފަރާތުގައި އެހެލާފައި އޮތް ދޯނި ވަނީ އެއްކޮށް އަނދާފައެވެ.