ކުޅުދުއްފުށީ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވި އަލިފާން، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 02-08-2023, 18:18


ކުޅުދުއްފުށި ސިޓީ ގަރާޖެއްގައި އޮތް ކާރެއްގެ ބޮނެޓްގައި ރޯވި އަލިފާން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 17:31 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. މިގޮތުން އެ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން، ކާރުގެ ބޮނެޓްގައި ރޯވެފައިހުރި އަލިފާން ނިއްވާލާފައިވަނީ މިއަދު 17:45 ހާއިރުއެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.