ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސްކުރަން

ތާރީޚް: 09-08-2023, 20:40


ކަނޑުގެ ދިރާސާތަކަށް ބޭނުން ކުރަމުން ދިޔަ ބޮޔެއް ކަނޑައިގެން ގޮސް އޮޔާ ދާތީ، މަސްވެރިންނާއި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ.

މި ބޮއި އެންމެ ފަހުން ފެނިފައިވަނީ ހދ.މަކުނުދޫގެ ހުޅަނގުއުތުރުން 62 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި، މި ބޮއި އޮޔާ ދަނީ އިރުދެކުނަށެވެ. އެހެންކަމުން ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.

މި ބޮޔާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވައިފިނަމަ، ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުން އެދެމެވެ.