ތާރީޚް: 13-08-2023, 19:46
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ބަލިމީހަކު ޞިއްޙީ އަވަސް ފަރުވާ ބޭނުންވާތީ، އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު ޑޯނިއަރ އެއަރކްރާފްޓްގައި މާލެ ގެނެސްދީފިއެވެ.
އުމުރުން 70 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެންގޮސް ފަރުވާދިނުމަށް މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓްގައި މި މީހާ މާލެ ގެނެސްފައި ވަނީ މިރޭ 19:02 ހާއިރުއެވެ.
© mndf 2020 | All rights reserved.