އެންސީޓީސީއާއި ޔޫތު މިނިސްޓްރީ ގުޅިގެން އުކުޅަހުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެ

ތާރީޚް: 25-08-2023, 23:10


ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ "ހަފުތާ ރެސް ޕްރޮގްރާމް" ގައި ބޭއްވި ޢާއިލީ ހަވީރުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ.

އއ.އުކުޅަހުގައި މިއަދު ބޭއްވި މި ޢާއިލީ ހަވީރުގައި ކުޑަކުދިން ގަޔާވާ ގޮތަށް އެކިއެކި ހަރަކާތްތައް ރޭވިއިރު، ސިފައިންގެ ޔުނިފޯމްގައި ކުޑަކުދިން ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ހުޅުވާލިއެވެ. މި ޢާއިލީ ހަވީރުގައި ސިފައިން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް އެ ރަށުގެ ކުޑަކުދިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

"ހަފުތާ ރެސް ޕްރޮގްރާމް" އަކީ ރާއްޖޭގެ އެކިއަތޮޅުތަކުގެ ރަށްތަކަށް އަމާޒުކޮށްގެން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ޔޫތު މިނިސްޓްރީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، އިސްލާމިކް ޔުނިވަރސިޓީއާއި، އަތޮޅު ކައުންސިލްތަކާއި އަދި ރަށު ކައުސްސިލްތައް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.