ދޯންޏަކުން ކަނޑަށް އެޅުނު ޕްލާސްޓިކް ހޮޅިތަކެއް އޮޔާދާ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އިލްތިމާސްކުރަން

ތާރީޚް: 29-08-2023, 15:54


މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދަނިކޮށް، ރޭ ފަތިހު 05:40 ހާއިރު ޅ.އޮޅުވެލިފުށީގެ ދެކުނުން ގާތްގަނޑަކަށް 4 މޭލު ބޭރުން ކޮޅިގަނޑެއްގައި ޖެހުނު "އުނބުށޭމު" ނަމަކަށް ކިޔާ ދޯންޏަކުން ކަނޑަށް އެޅުނު ޕްލާސްޓިކް ހޮޅިތަކެއް އޮޔާދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ، ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ.

މި ހޮޅިތައް ފެންމަތީގައި ހުރެ، އެ ސަރަހައްދުން ހުޅަނގުދެކުނަށް އޮޔާ ގޮސްދާނެކަމަށް ލަފާކުރެވޭތީ، މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ. އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.