އެމްއެންޑީއެފުން ދިރާގު ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 29-08-2023, 21:21


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދިރާގު ހެޑް އޮފީހުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.

މާލެ ސިޓީ، ދިރާގުގެ ހެޑް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލުކުރަން ޖެހޭނެ ގޮތްތައް ޢަމަލީގޮތުން ވަނީ ފަރިތަކޮށްފައެވެ. މިގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ޚިދުމަތް ހޯދުމަށް އައިސް ތިބޭ މީހުން ސަލާމަތްތެރި ހިސާބަކަށް ގެންދާނެ ގޮތްތައް ފަރިތަކޮށްފައިވެއެވެ. މި ފަޔަރ އިވެކުއޭޝަން ޑްރިލްގައި އެ އޮފީހުގައި މަސައްކަތްކުރައްވާ 200 ވަރަކަށް މުވައްޒަފުން ބައިވެރިވިއެވެ.

ފަޔަރ އިވެކުއޭޝަން ޑްރިލްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުންނެވެ.

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހިންގާ ފަޔަރ އިވެކުއޭޝަން ޑްރިލްތަކަކީ ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ގޮތުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ޑްރިލްތަކެކެވެ.