ޣާޒީ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި

ތާރީޚް: 31-08-2023, 15:30


ޣާޒީ ސްކޫލުގެ ގްރޭޑް 6 ގައި ތަޢުލީމް ހާސިލުކުރާ ދަރިވަރުން ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި، އެ ސްކޫލުގެ ގްރޭޑު 6 ގައި ތަޢުލީމު ހާސިލުކުރަމުންދާ 173 ދަރިވަރުންނާއި 10 މުދައްރިސުން ބައިވެރިވިއެވެ. އެ ދަރިވަރުންނަށް އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީގެ ފަރާތުން ވަނީ، އެ މަރުކަޒުގެ ބަގީޗާގައި ހައްދާފައިވާ ގަސްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީއާ ގުޅޭ މަޢުލޫމާތު ވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މި ޒިޔާރަތުގައި އެމްއެންޑީއެފް ކޯސްޓްގާޑު އެމްއާރުސީސީގެ ފަރާތުން މަޢުލޫމާތު ދެއްވީ އެ މަރުކަޒުގައި މަސައްކަތްކުރާ ސިފައިންނެވެ.