ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

ތާރީޚް: 01-09-2023, 16:00


ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލުގެ ގްރޭޑް 11 ގައި ބައިލޮޖީ މާއްދާ ކިޔަވާ ދަރިވަރުން ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފިއެވެ.
 އޮގަސްޓް 31 ވަނަ ދުވަހު ކުރި މި ޒިޔާރަތުގައި އެ ސްކޫލުގެ 8 ދަރިވަރުން ބައިވެރިވިއެވެ. މި ޒިޔާރަތަކީ ބައިލޮޖީ މާއްދާ ކިޔަވާ ދަރިވަރުން، ތަޖުރިބާ ހޯދުމުގެ ގޮތުން ކުރި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ބޭނުންކުރާ ޓެކްނޮލޮޖީ އާލާތްތަކާއި، އެ އާލާތްތައް މަސައްކަތްކުރާ ގޮތްތައް ވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ. ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ސިފައިންނެވެ.