އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުން، ސ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 05-09-2023, 20:38


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެފްއާރުއެސް ކޮމްޕޯނަންޓުން، ސ.ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓް މަހުގެ 05 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށް ގެންދިޔަ ފަޔަރ އެވެއަރނަސް ޕްރޮގްރާމުގައި އެ ސެންޓަރުގެ 11 މުވައްޒަފުން ބައިވެރިވިއެވެ.

ތިޔަރީއާއި ޕްރެކްޓިކަލް ބައިތައް ހިމެނޭހެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިފާން ރޯވާގޮތާއި، އަލިފާން ރޯވެއްޖެނަމަ އަމަލު ކުރާނެ ގޮތާއި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ފަޔަރ ބުލޭންކެޓު ބޭނުންކޮށް އަލިފާން ނިއްވުމުގެ ހުނަރުތައް ވަނީ ދަސްކޮށްދީފައެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދީފައިވަނީ މި ދާއިރާއިން  ތަމްރީނާއި، ތަޖުރިބާ ހޯދާފައިވާ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެފްއާރުއެސް ކޮމްޕޯނަންޓުގެ ސިފައިންނެވެ.