މުޙްޔިއްދީން ސްކޫލުގެ ދަރިވަރުން، ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލަށް ޒިޔާރަތްކޮށްފި

ތާރީޚް: 07-09-2023, 17:30


މުޙްޔިއްދީން ސްކޫލުގެ ގްރޭޑް 10ގެ ދަރިވަރުން، ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލަށް ޒިޔާރަތްކޮށްފިއެވެ.

މިއަދު އެ ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގައި، ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ދައްކާލައި، އެ އާލާތްތަކާ ބެހޭ މަޢުލޫމާތު ވަނީ ދަރިވަރުންނަށް ފޯރުކޮށްދީފައެވެ. އަދި މުޖުތަމަޢުގައި ފަޔަރފައިޓަރުންގެ ދައުރާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. މީގެ އިތުރުން ހަށިގަނޑުގައި އަލިފާން ރޯވެއްޖެ ހާލަތެއްގައި، ރައްކާތެރިވުމުގެ ގޮތުން ހަރަކާތްތެރިވާނެގޮތުގެ ޑެމޮންސްޓްރޭޝަނެއް ހުށަހަޅައިދީ، އަލިފާނުގެ ހާދިސާއިން ރައްކާތެރިވާނެ ގޮތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދަރިވަރުންނަށް ވަނީ ދައްކާފައެވެ.

މުޙްޔިއްދީން ސްކޫލުގެ 41 ދަރިވަރުންނާއި ޓީޗަރެއް ބައިވެރިވި މި ޒިޔާރަތުގައި، މަޢުލޫމާތު ފޯރުކޮށްދިނީ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ފަޔަރ ފައިޓަރުންނެވެ.