ތާރީޚް: 08-09-2023, 20:40
އައްޑޫ ސިޓީ އެކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ތުއްތު ކުއްޖަކު ޞިއްޙީ އަވަސް ފަރުވާ ބޭނުންވާތީ، އިތުރު ފަރުވާއަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު ހެލިޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.
މި ތުއްތުކުއްޖާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެންގޮސް ފަރުވާދިނުމަށް މި ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މި ތުއްތު ކުއްޖާ މާލެ ގެނެސްފައި ވަނީ މިރޭ 19:55 ހާއިރުއެވެ.
© mndf 2020 | All rights reserved.