ހާލުބޮޑު ބަލި ކުޑަކުއްޖަކު އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި މާލެ ގެނެސްދީފި

ތާރީޚް: 10-09-2023, 20:25


ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މާލެ ގެނެސްދީފިއެވެ.

އުމުރުން 2 އަހަރުގެ މި ކުއްޖާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މި ކުއްޖާ މާލެ ގެނެސްފައިވަނީ މިރޭ 20:02 ހާއިރުއެވެ.