ތާރީޚް: 11-09-2023, 02:30
ގެއްލިގެން ހޯދަމުންދިޔަ މީހާ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް ފެނިއްޖެއެވެ.
ހުޅުމާލެ އިރުމަތި ފަރާތު ފަރުކައިރިއަށް ކުދިމަސް ހިފުމަށް ފޭބި ބިދޭސީއަކު ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ، މިއަދު ހެނދުނު 10:25 ހާއިރުއެވެ. މަޢުލޫމާތު ލިބުނު ގޮތުގައި އެމީހާ މަސް ހިފުމަށް ފައިބާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރުއެވެ.
މި މީހާ ގެއްލިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ދިޔައީ ކަނޑުމަގުންނާއި އެ ސަރަހައްދުގެ ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންނެވެ. އަދި، ގޮނޑުދޮށުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިފައިވަނީ މިއަދު ހެނދުނު 11:30 ހާއިރުއެވެ. މީނާ މިހާރު ވަނީ ކޯސްޓްގާޑުގެ ސިފައިންގެ އެހީތެރިކަމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
© mndf 2020 | All rights reserved.