ތާރީޚް: 13-09-2023, 10:15
ހުޅުމާލެ ފޭސް 1 ގައި ހުރި "ލެކްސްއޮން" ނަމަކަށް ކިޔާ އިމާރާތެއްގެ ޓެރަސްމަތީ ހުރި ގުދަނެއްގައި ރޯވި އަލިފާން، ހުޅުމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު މިއަދު 08:30 ހާއިރު ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. މިގޮތުން ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން، ގުދަނުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ 08:49 ހާއިރެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
© mndf 2020 | All rights reserved.