ހިތަދޫގެ މަގުމަތީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 15-09-2023, 19:20


އައްޑޫސިޓީ ހިތަދޫ ފާސްޓް ފުޑް ސަރަހައްދުގެ މަގުމަތީގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް މިއަދު ހަވީރު 17:45 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް  ގޮސް ރޯވެފައިހުރި އަލިފާން 18:02 ހާއިރު ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.