ތާރީޚް: 16-09-2023, 15:20
ކުޅުދުއްފުށި ސިޓީގެ 400 ހައުސިންގ ޔުނިޓްގެ ލޭބަރ ކުއާޓާއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް މިއަދު މެންދުރު 14:35 ހާއިރު ހާދިސާގެ ރިޕޯޓް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން 15:05 ހާއިރު ނިއްވާލާފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.
© mndf 2020 | All rights reserved.