ކުރެންދޫގެ މަގުތަކުން ފެންހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 19-09-2023, 13:35


ބޯކޮށް ވާރޭވެހި ޅ.ކުރެންދޫގައި ފެންބޮޑުވުމުން، އެ ރަށުގެ މަގުތަކުން ފެންހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިގޮތުން، އެ ރަށުގެ މަގުތަކުގައި ހެދުނު ފެންގަނޑުތައް ހިންދުމަށް ޓަކައި ކޯރު ކެނޑުމުގެ މަސައްކަތާއި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ވަނީ ކޮށްފައެވެ. މިއަދު ހެނދުނުން ފެށިގެން ސިފައިން ކުރި މި މަސައްކަތް ނިންމާލާފައިވަނީ މިއަދު މެންދުރު ފަސް 13:15 ހާއިރުއެވެ.