އުތުރުތިލަފަޅުގައި އެމްއެންޑީއެފުން ތަރައްޤީ ކުރަމުންދާ 300 މީޓަރުގެ މަގަތު ފާލަމާއި، 500 ޓަނުން ދަށުގެ އުޅަނދުފަހަރު މަރާމާތުކުރެވޭ ސްލިޕްވޭއާއި ރިޕެއަރ ފެސިލިޓީއާ ބެހޭގޮތުން ދަންނަވަމެވެ.
އުތުރު ތިލަފަޅުގައި، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފުން ތަރައްޤީ ކުރަމުން ދަނީ ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް ހުޅުމާލޭގައި މިހާރު އަަޅާފައިވާ 270 މީޓަރުގެ ސަރަހައްދުގެ ބަދަލުގައި ބޭނުންކުރާނެ 300 މީޓަރުގެ މަގަތު ފާލަމަކާއި 500 ޓަނުން ދަށުގެ ކުދި އުޅަނދު ފަހަރު މަރާމާތުކުރެވޭ ސްލިޕްވޭ އަކާއި ރިޕެއަރ ފެސިލިޓީއެކެވެ.
މިއީ ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ ދިވެހި ސަރުކާރުގެ މިލްކުވެރިކަން އޮތް އެމްއެންޑީއެފްގެ ތަނެއްކަން އެކިފަހަރުމަތިން ވާނީީ ހާމަކޮށްފައެވެ.
އަސްކަރީ ނޭވީތަކުގައި ބޭނުންކުރާ ބޮޑެތި މަނަވަރުތަކަކީ 500 ޓަނޭޖަށްވުރެ އެތައް ގުނައެއް ބޮޑު އުޅަނދު ފަހަރަށްވާތީ، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ޑޮކްޔާޑުގައި އެފަދަ ބޮޑެތި މަނަވަރުތައް އަޅާ މަރާމާތުކޮށް، އެހެލާ ބޭލުމަކީ ކުރެވޭނެކަމެއް ނޫންކަން ފާހަގަކުރަމެވެ.
މި މަޝްރޫޢުއަކީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބޮޑެތި އުޅަނދުތައް އަޅާާފައި ބާއްވާނެ ބަނދަރެއް ނެތުމުންނާއި، މަރާމާތުކޮށް ބެލެހެއްޓުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށް އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރުކުރުމަށް ވަރަށް މުހިންމު މަޝްރޫޢު އެކެވެ. އަދި މިއީ ބޭރު ޤައުމެއްގެ ނޭވަލް ބޭސް އެއް ނޫންކަަން ތަކުރާރުކޮށް ދަންނަވަމެވެ.
އެހެންކަމާއިއެކު މި މަޝްރޫޢާއި ގުޅޭގޮތުން ޙަޤީޤަތާއި ޚިލާފު ކަނޑައެޅިގެން ދޮގު ވާހަަކަތައް ނުފެތުރުއްވުމަށް އިލްތިމާސް ކުރަމެވެ.