ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެންހިއްކުން އަވަސްކުރުމަށް އެހީތެރިވުމުގެ ގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ޕަންޕު ބޭނުންކޮށްގެން ފެން ހިއްކަށް ފަށައިިފިއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ދަނީ މިއަދު ހެނދުނު 9:40 ހާއިރުން ފެށިގެން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.