ހިތަދޫ "ޓީ ރެޕް ގާޑިޔާ" ގައި ރޯވި އަލިފާން، ހިތަދޫ ފަޔަރ ސްޓޭޝަނުން ނިއްވާލައިފި

ތާރީޚް: 05-11-2023, 10:28


އައްޑޫސިޓީ ހިތަދޫގައި ކޮފީ ޕޮއިންޓެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ "ޓީ ރެޕް ގާޑިޔާ" ގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު، ރޭ 01:20 ހާއިރު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ފަޔަރ ފައިޓަރުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ތަނުގައި ރޯވި އަލިފާން އެރޭ 01:35 ހާއިރު ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.