ތާރީޚް: 05-11-2023, 23:55
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިނގި އަލިފާނުގެ ދެ ހާދިސާއެއްގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ހަރަކާތްތެރިވެ، އަލިފާން ނިއްވާލައިފިއެވެ.
ހިތަދޫގައި މިރޭ ހިނގި ފުރަތަމަ އަލިފާނުގެ ހާދިސާއަކީ ހިތަދޫ ރޫހުލް ޤުރުއާން ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމެވެ. މި ހާދިސާގެ ރިޕޯޓް މިރޭ 21:20 ހާއިރު ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްޓޭޝަންގެ ފަޔަރމަނުން ގޮސް އަލިފާން ނިއްވާލާފައި ވަނީ މިރޭ 21:50 ހާއިރުއެވެ.
ހިތަދޫގައި މިރޭ ހިނގި ދެވަނަ އަލިފާނުގެ ހާދިސާއަކީ ހިތަދޫ އުރީދޫ އޮފީސް ކައިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވުމެވެ. މި ހާދިސާގެ ރިޕޯޓް މިރޭ 21:29 ހާއިރު ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ސްޓޭޝަންގެ ފަޔަރމަނުން އެ ސަރަހައްދަށް ގޮސް ރޯވެފައިހުރި އަލިފާން ނިއްވާލާފައި ވަނީ މިރޭ 21:57 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އަދި އެއްވެސް ތަނަކަށް ވެސް ގެއްލުމެއް ލިބިފައި ނުވެއެވެ.
© mndf 2020 | All rights reserved.