އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހިތަދޫ ޕޯޓް ސަރަހައްދުގެ ފަޅުތެރެ ސާފުކޮށްފި

ތާރީޚް: 06-11-2023, 19:18


އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން، އައްޑޫ ސިޓީ ހިތަދޫ ޕޯޓް ސަރަހައްދުގެ ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.
 
މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ހިތަދޫ ޕޯޓް ސަރަހައްދުގެ ފަޅުތެރެއަށް އެޅިފައިހުރި ބޮޑެތި ޓަޔަރުތައް ސިފައިން ވަނީ ޑައިވްކޮށްގެން ނަގާފައެވެ.
 
މި ހަރަކާތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ގާއިމްވެތިބޭ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ޑައިވަރުންނާއި، މެރިން ޑިޕްލޮއިމަންޓް 5ގެ މެރީންސް ބައިވެރިވިއެވެ.