މަރަދޫ ސްކޫލްގެ ދަރިވަރުންނަށް ބޭސިކް ފަޔަރ އެވެއަރނަސް ކުލާސްތަކެއް ކުރިއަށްގެންގޮސްފި

ތާރީޚް: 14-11-2023, 07:23


ސ.މަރަދޫ ސްކޫލްގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިދަތޫ ފަޔަރ ސްޓޭޝަނުން، ބޭސިކް ފަޔަރ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
 
ސ.މަރަދޫ ސްކޫލުގެ ސްޓަރ، ލިޓްލްމެއިޑްސް، ގާލްގައިޑްސް، ސްކައުޑްސް އަދި ކަބްސްކައުޑްސްގައި އުޅޭ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ މި ކުލާސްތައް ބާއްވާފައިވަނީ ނޮވެންބަރު 13 ވަނަ ދުވަހުއެވެ. މި ކުލާސްތަކުގައި އެ ސްކޫލްގެ ޖުމްލަ 75 ދަރިވަރުން ބައިވެރިވިއެވެ. އަދި މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންނެވެ.
 
މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔަރ އެކްސްޓިންގުއިޝަރ ބޭނުން ކުރާނެ ގޮތް ހިމެނެއެވެ. އަދި މި ކުލާސްތަކުގައި، ބައިވެރިން ވަނީ ފަޔަރ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން ފަރިތަކޮށްފައެވެ.