ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 15-11-2023, 21:35


އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ދަރިވަރުންނަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ބޭސިކް ފަޔަރ އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
 
ހިތަދޫ ސްކޫލުގައި މިއަދު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެ ސްކޫލުގެ 145 ލިޓްލް މެއިޑް ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
 
މި ޕްރޮގްރާމުގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވި ބޭނުން ކުރާނެގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައިވެއެވެ. އަދި، މި ސެޝަނުގައި، ދަރިވަރުންނަށް ވަނީ ޢަމަލީ ގޮތުން އަލިފާން ނިއްވާނެގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް ކިޔައިދީފައެވެ.
 
މި ކުލާހުގައި ކިޔަވައިދިނީ، މި ދާއިރާއިން ޢިލްމާއި ތަމްރީނު ލިބިފައިވާ ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުންނެވެ.