ލ.މާމެންދޫ ސްކޫލުން "ކޮމިއުނިޓީ ހެލްޕަރސް ޑޭ" ފާހަގަކުރުމަށް އެ ރަށުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ބައިވެރިވެއްޖެއެވެ.
ނޮވެންބަރު 19 ވަނަ ދުވަހު ލ.މާމެންދޫގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ސިފައިންގެ ޔުނިފޯމްގައި ކުޑަކުދިން ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ލ.މާމެންދޫ ސްކޫލްގެ ގްރޭޑް 1، 2 ގެ 75 ދަރިވަރުން ބައިވެރިވި މި ހަރަކާތުގައި އެ ދަރިވަރުންނަށް ސިފައިންގެ ޔުނީފޯމާއި، ސިފައިންކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން ސިފައިންގޭގައި ހުރި ފުރުސަތުތަކާ ބެހޭގޮތުން ވެސް އެ ދަރިވަރުންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.
މި ހަރަކާތުގައި ސިފައިން ކުރިއަށްގެންދިޔަ ހަރަކާތްތަކަށް އެ ރަށުގެ ކުޑަކުދިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.