ނޫސް ބަޔާން
05 ފެބްރުއަރީ 2017 17:29

ކ.ހިންމަފުށީ ގެއެއްގެ ދޮރަށް އަރާފައިވާކަމަށް ބުނާ ވަޒަނާގުޅޭ

ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދާ މަރުކަޒުތަކަކީ، އަބަދުވެސް ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ޤާއިމްކޮށްފައިވާ މަރުކަޒުތަކެކެވެ. ވަކިން ޚާއްޞަކޮށް ހަތިޔާރާއި ވަޒަން ބޭނުންކޮށްގެން ހިންގާ ތަމްރީނުތަކަކީ، އޭގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ މުދަލަށް އެއްވެސް ގެއްލުމެއް ނުވާނެގޮތަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަށަވަރު ކުރެވިގެން ހިންގާ ތަމްރީނުތަކެކެވެ. އެހެން ކަމުން ދިވެހި އަސްކަރިއްޔާއިން ހިންގާ ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރާ ގުޅުންހުރި އެއްވެސް ތަމްރީނެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކޮށްދެމެވެ. ކ.ހިންމަފުށީގެ ގެއެއްގެ ދޮރަށް ވަޒަނެއް އަރާފައިވާކަމަށް މީޑިއާގައި ބަޔާންކޮށްފައިވާ ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ފަރާތުން ވަގުތުން އެކަން ބެލުމަށްފަހު، އެވައްތަރުގެ ވަޒަނަކީ ކ.ގިރިފުށި ޓްރެއިނިންގ ސެންޓަރުން ކ.ހިންމަފުށްޓަށް ފޯރާނެ ވައްތަރުގެ ވަޒަނެއް ނޫންކަމުގައި ދަންނަވަމެވެ.