ފުވައްމުލަކު ކުޅީގައި ރޯވި އަލިފާން ނިއްވާލައިފި
10 ފެބްރުއަރީ 2017 15:08

ޏ.ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަޙައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު މިއަދު 11:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގައި ތިބި އެމްއެންޑީއެފްގެ ފަޔަރމަނުން ވަނީ އެސަރަޙައްދަށް ގޮސް ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން، އަލިފާންގަނޑު އާންމުން ދިރިއުޅޭ ސަރަޙައްދަށް އިތުރަށް ނުފެތުރޭނެ ގޮތަށް ވަނީ ކޮންޓްރޯލްކޮށްފައެވެ.

ފުވައްމުލަކު ދަނޑިމަގު އަވަށު ކުޅި ސަރަޙައްދުގެ ބޮޑުބައެއްގައި ރޯވި މިއަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު ހަވީރު 15:30 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.