ނާރެސް ބޯޓު މަނިޔަފުށި ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑް އިން ހަރަކާތްތެރިވެއްޖެ
13 ފެބްރުއަރީ 2017 22:13

މާލެއިން ފުރައިގެން ޏ.ފުވައްމުލަކަށް ދަތުރުކުރި "ނާރެސް ބޯޓު" މާލެ އަތޮޅު މަނިޔަފުށި ކައިރީގައި އޮތް ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

މިރޭ ގާތްގަނޑަކަށް 19:16 ހާއިރު ހިނގި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބުމާއެކު މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ.

މިދޯނި ފަރަށް އެރި އިރު ދޯނީގައި 20 މީހުން ދަތުރުކުރަމުން ދިޔައެވެ. މީގެތެރޭގައި 13 ފިރިހެނަކާއި ފަސް އަންހެނެއްގެ އިތުރުން ދެ ކުޑަކުދިން ތިއްބެވެ.  މި މީހުންގެ ތެރެއިން 13 މީހަކު މިރޭ ގާތްގަނޑަކަށް 21:35 ހާއިރު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މާލެ ގެނެސްދީފައެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިިނުވާއިރު، ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތަށް އެހީތެރިވުމުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އަންނަނީ ޙަރަކާތްތެރިވަމުންނެވެ.