ކާށިދޫ ނެރުމަށްޗަށް އެރި ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ކަނޑަށްއެޅި އޮޔާދާތީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަން
16 ފެބްރުއަރީ 2017 00:02

ކ.ކާށިދޫ ނެރުމަށްޗަށް އެރި މުދާއުފުލާ ދޯންޏަކުން ގިނަ އަދަދެއްގެ ލަކުޑި ކަނޑައް އެޅި އެތަކެތި، ބ.އަތޮޅާއި ދިމާލަށް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ. އަދި ޚާއްޞަގޮތެއްގައި ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.