ތިލަފުށީ ބޯޓްޔާޑުގައި އޮތް ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސް އިން ނިއްވާލައިފި
05 މާރޗް 2017 08:40

ތިލަފުށީ ބޯޓްޔާޑުގައި އެހެލާފައިއޮތް ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި އެވެ.

މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 04:43 ހާއިރު ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ތިލަފުށީ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ދޯނީގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވުނީ 06:30 ހާއިރުއެވެ.

މިހާދިސާގައި އަލިފާން ރޯވެފައިވަނީ ތިލަފުށީ ބޯޓްޔާޑުގައި އެހެލާފައިއޮތް ފައިބަރު ދޯންޏެއްގައި ހުރި ޑީސަލް ޓޭންކެއްގައެވެ. މިހާދިސާގައި ދޯންޏަށް ބޮޑެތި ގެލުންވެފައި ވާއިރު އެއްވެސް މީހަކަށް އަދި އިތުރު ތަނަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.