ކަނޑުއޮތްގިރީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި
06 މާރޗް 2017 16:29

މާލެ އަތޮޅު ކަނޑުއޮތްގިރީގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު 14:57 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު އަލިފާން ނިއްވާ ސާމާނާއެކު ފަޔަރމަނުންގެ ޓީމެއް ފަޔަރ ލޯންޗް (އެކޯ 9) ގައި ވަނީ އެރަށަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރ ފަޔަމަނުން ކުރި މަސައްކަތުން އެރަށުގައި ރޯވެފައިވާ އަލިފާން ނިއްވާލެވިފައި ވަނީ 15:56 ހާއިރުއެވެ.

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށުގައި ހުރި ފެކްޓްރީގެ ބައެއްގައެވެ. މިހާދިސާގައި އަލިފާން ރޯވި ފެކްޓްރީގެ އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ.