އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި
08 މާރޗް 2017 08:48

އައްޑޫ ސިޓީ މަރަދޫގެ ގެއެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާ ސ.ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ނިއްވާލައިފި އެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ދަންވަރު 01:20 ހާއިރު އެމްއެންޑީއެފް ހިތަދޫ ފަޔަރ ސްޓޭޝަނަަށް ލިބުމާއެކު އެ ސްޓޭޝަންގެ ސިފައިން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލެވުނީ 02:30 ހާއިރުއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި އަލިފާން ރޯވެފައިވަނީ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގޭގައެވެ.

މި ހާދިސާގައި އެގެެއަށް ބޮޑެތި ގެންލުންތަކެއް ވެފައިވާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.