ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދިޔަ
14 މާރޗް 2017 12:15

ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަމުންދިޔަ "އޮއިވަރު" ދޯނީގެ ޚަބަރެއް ވެއްޖެއެވެ.

މަހަށް ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ސ.މަރަދޫ "އޮއިވަރު" ދޯނީގެ ޚަބަރެއް ވެފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުން ދިޔަ މަސައްކަތުން މިއަދު ހެނދުނު 08:07 ހާއިރުއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ހެނދުނު މިދޯންޏާއި ގުޅުނުއިރު، މިދޯނި ދަތުރު ކުރަމުން ދިޔައީ އއ. ތޮއްޑޫއާއި 12 މޭލު ބޭރުންނެވެ. މިދޯނި ޚަބަރެއްވީއިރު ދޯނިން ދަތުރުކުރި 13 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި ދޯނި މާލެ އައުމަށް ދަތުރު ކުރަމުންދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް ދޯނިން މަޢުލޫމާތު ދީފައިވެއެވެ. އަދި މިދޯނީ މަސްވެރިކަން ކުރަމުން ދިޔައީ ހދ. މަކުދޫއާ 130 މޭލު ބޭރުން ކަމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑަށް ދޯނިން ވަނީ މަޢުލޫމާތު ދީފައެވެ.