މާލެ އަތޮޅު މަކުނުދޫ ފަރަށް އެރި މުދާ އުފުލާ ދޯންޏަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަންފޯރުކޮށްދޭން ފަށައިފި
17 މާރޗް 2017 09:35

މާލެ އަތޮޅު މަކުނޫދޫ އައިލެންޑް ރިސޯޓްގެ ފަރަށް އެރި މުދާ އުފުލާ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަންފޯރުކޮށްދޭން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 03:16 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު ހާބަރ ކްރާފްޓް 104 ނަންބަރު ލޯންޗް ވަނީ ޑައިވަރުންނާއެކު އެސަރަހަށްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ފަރަށް އަރާފައި ވަނީ އެސްޓީއޯއިން ކާޑު ބަރުކޮށްގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި "އިނާ" ނަމަކަށް ކިޔާ ދޯންޏެކެވެ. މިދޯނި ފަރަށް އަރާފައި ވަނީ މާލެ އަތޮޅު މަކުނުދޫ އައިލަންޑް ރިސޯޓްގެ ހުޅަނގު ދެކުނު ފަރަށެވެ. މިދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނެވެ. މިދޯނިފަރަށް އެރިއިރު 1800 ބަސްތާ ކާޑު ދޯނީގައި ހުއްޓެވެ.

މިދޯނި ފަރަށް އެރުމުގެ ސަބަބުން ދޯނި ވަނީ ވަރަށްބޮޑަށް ދިޔަވެފައެވެ. ދޯނީގެ ވެރިފަރާތާއި ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މިހާދިސާގައި މިދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.