ހ.މުޅަދޫ ގޭގައި ހުރި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ
18 މާރޗް 2017 16:43

ހ.މުޅަދޫ ގޭގައި ހުރި ގޭސްފުޅިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިއަދު ގާތްގަނޑަކަށް 12:25 ހާއިރު ހިނގި މިހާދިސާގައި ގޭސްފުޅީގައި ރޯވެފައިވަނީ ރޮށި ފިހަން އުޅުމުގެ ތެރޭގައި ގޭސްފުޅިން ގޭސް ހުސްވެގެން، ގޭސް ފުޅި ބަދަލުކުރުމަށްފަހު ރެގިއުލޭޓަރު ރަނގަޅަށް ނުޖެހި ހުރުމުގެ ސަބަބުން އޭގައި ހުޅު ހިފައިގެންނެވެ. މިހާދިސާގައި ގޭސްފުޅިއަށް ގެއްލުމެއް ލިބިފައި ނުވާއިރު ގޭސްފުޅި ގުޅާފައިވާ ރެގިއުލޭޓަރ އަދި ހޮޅި ވަނީ އަނދާފައެވެ.

މިހާދިސާގައި އަންހެނަކަށާއި ދެ ކުޑަކުދިންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.