މޫދަށް ދިޔަ ފަތުރުވެރިއެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފި
30 މާރޗް 2017 19:26

މާލެ އަތޮޅު އެރިޔަދޫ އައިލެންޑް ރިސޯޓް ކައިރިއަށް މޫދަށް ދިޔަ ފަތުރުވެރިއެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހޯދަން ފަށައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު 18:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗް ވަނީ ޑައިވަރުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

މިހާދިސާގައި ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. މީނާ މިއަދު 14:00 ހާއިރު މޫދަށް ދިޔައިރު ލައިގެން ހުރީ ކަޅު ކުލައިގެ ބޫޓަކާއި ނޫކުލައިގެ ސޯޓެކެވެ. އަދި މި ފަތުރުވެރިޔާ އަޅައިގެން ހުރީ ނޫ ކުލައާއި ފެހި ކުލަ ހުރި މޫނުމައްޗެކެވެ.

މި ފަތުރުވެރިޔާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުން އެދެމެވެ


20:25 - ގެއްލިގެން ހޯދަމުންދިޔަ ފަތުރުވެރިޔާ މިރޭ 20:15 ހާއިރު އެރިޔަދޫ އައިލެންޑް ރިސޯޓި ކައިރި ވިލުތެރެއިން މޫދު އަޑިން ފެނިފައިވާ ކަމަށް އެ ރިސޯޓުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވެއެވެ.

.