ސިފައިންގެ ސީނިއަރ ތިން އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލްގެ މަގާމް ދެއްވައިފި
04 އޭޕްރީލް 2017 16:04

ސިފައިންގެ ސީނިއަރ ތިން އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލްގެ މަގާމް މިއަދު ދެއްވައިފިއެވެ.

ބަންޑާރަކޮށީގައި މިކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ކާނަލް ގެ މަޤާމުގައި ތިއްބެވި ޢަބްދުއް ރަހީމް ޢަބްދުއް ލަތީފް އާއި ވައިސް ވަޙީދާއި ހާމިދް ޝަފީޤް ބްރިގޭޑިއާ ޖެނެރަލްގެ މަޤާމަށް ވަނީ ބަދަލުކޮށްފައެވެ. މި ބޭކަލުންނަށް މަޤާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފްންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.