ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
04 އޭޕްރީލް 2017 16:20

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަގާމް މިއަދު ދެއްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކާނަލްގެ މަޤާމަށް ބަދަލުކުރައްވާފައިވަނީ ލެފްޓިނަންޓް ކާނަލްގެ މަގާމްގައި ތިއްބެވި ދެ ބޭކަލުންކަމުގައިވާ އަހުމަދު ޤިޔާސް އާއި ޑޮކްޓަރ ޢަލީ ޝާހިދު މުޙައްމަދެވެ.

މި ދެ ބޭކަލުންނަށް މަގާމްގެ ކުރިއެރުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފްންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.