ކާށިދޫ ކައިރިން ދޯންޏެއް އަޑިއަށް ގޮސްފައިވާތީ، އެސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް އިލްތިމާސް ކުރަން
07 އޭޕްރީލް 2017 23:35

ކާށިދޫގެ 12 ނޯޓިކަލް މޭލު ހުޅަނގުން 70 ފޫޓްގެ "ބްލެކް ޕާލް" ނަމަކަށް ކިޔާ ދޯންޏެއް މުދަލާއެކު އަޑިއަށްގޮސްފައިވާތީ، އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކުރަމެވެ.

ދެފެން ދޭތެރޭގައި އޮތް މި ދޯނި އޮޔާދާނެކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނަށެވެ. އެހެންކަމުން، އެ އުޅަނދު އޮޔާދާތީ އެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުތަކުން ޚާއްޞަ ސަމާލު ކަމެއް ދިނުމަށް އިލްތިމާސްކުރަމެވެ.