ހުޅުމާލެ ފިހާރައެއްގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފި
16 އޭޕްރީލް 2017 16:29

ހުޅުމާލެ "ޑެލްރިއޯ" ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާ އެމްއެންޑީއެފް ހުޅުމާލެ ފަޔަރ އެންޑް ރެސްކިއު ސަރވިސް ގެ ފަޔަރމަނުން ކުރި މަސައްކަތުން ނިއްވާލައިފިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު މެންދުރު 12:58 ހާއިރުއެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެއް ވަނީ އެސަރަހައްދަށްގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ފިހާރައިގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު މެންދުރު 13:30 ހާއިރުއެވެ.

މި ހާދިސާ ގައި "ޑެލްރިއޯ" ފިހާރައިގެ އިމާރާތައް ގެއްލުން ލިބިފައިވާއިރު ފިހާރައިގައި ހުރި އަންނައުނާއި ކުޑަކުދިންގެ ބައެއް ސާމާންތައް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

މިއަދު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.