މާފަންނު ގެއެއްގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސް އިން ނިއްވާލައިފި
16 އޭޕްރީލް 2017 16:39

މާފަންނު ލައިޓް ބްލޫ ގޭގެ ބަދިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ނިއްވާލައިފިއެވެ.

މިއަދު މެންދުރު 11:48 ހާއިރު މިކަމުގެ ރިޕޯޓް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބުމާއި އެކު ފަޔަރ ފައިޓަރުންގެ ޓީމެއް ވަނީ އެސަރަހަށްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ.

މި ހާދިސާ ދިމާންވާން މެދުވެރިވީ ގޭސްފުޅީގެ ރެގިއުލޭޓަރުގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. މި އަލިފާނުގެ ހާދިސާއާއިގުޅިގެން މި ގޭގެ ބަދިގެ އުނދުން ކައިރީ ހުރި ކަބަޑް ސެޓް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.

ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމުން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިއަދު 11:56  ހާއިރުއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.