ސިފައިންގެ 19 ވަނަ ފޮޓޯ މަޢުރަޒު ފ.ނިލަންދޫގައި ބާއްވާގޮތައް ހަމަޖެހިއްޖެ
20 އޭޕްރީލް 2017 15:38

125 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ 19 ވަނަ ފޮޓޯ މަޢުރަޒު އާއިލީ ހަވީރަކާއެެކު  މާދަމާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، ފ.ނިލަންދޫގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

ފޮޓޯ މަޢުރަޒު ކުރިއަށްދާނީ އޭޕްރީލް 21 އަދި 22 ވަނަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ނިލަންދޫ ސްކޫލުގައެވެ. މީގެއިތުރުން ނިލަންދޫގައި ބާއްވާ އާއިލީ ހަވީރު ކުރިއަށްދާނީ 16:00 އިން 18:00 އަށް ނިލަންދޫ ސްކޫލްގައެވެ.

މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް މި ފޮޓޯ މަޢުރަޒުގައި ފެނިގެންދާނެއެވެ.

އާއިލީ ހަވީރުގައި ސިފައިންގެ ސްޓޯލްތަކާއި ނިލަންދޫގެ އެކިއެކި މުއައްސަސާތަކުން ބައިވެރިކުރާ ސްޓޯލްތައް ހިމެނޭނެއެވެ.